ހޮލިވުޑްގެ މަޝްހޫރު ތަރި ބްލޭކް ލައިވްލީ ޖަސްޓިން ބަލްޑޯނީގެ މައްޗަށް ކުރި މަދަނީ ދައުވާ ކާމިޔާބުކޮށްފިއެވެ. ޖަސްޓިން، ބްލޭކް އާއި އޭނާގެ ފިރިމީހާ ރަޔަން ރެނޯލްޑްސް އަދި ނިއު ޔޯކް ޓައިމްސްގެ މައްޗަށް 650 މިލިއަން ޑޮލަރުގެ މައްސަލައެއް އުފުލައިފައިވެއެވެ.

މި މައްސަލައިގައި ފަނޑިޔާރު ވަނީ ބްލޭކްގެ ކޮޅަށް މައްސަލަ ނިންމައިފައެވެ. މިކަމާ ގުޅިގެން ބްލޭކް ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ދެމި ހުންނާނެ ކަމަށެވެ.

ބްލޭކް ބުނެފައިވަނީ މިފަދަ މައްސަލަތަކުގެ ވޭނާއި ލަދުވެތިކަން އޭނާއަށް އެނގޭ ކަމަށެވެ. އޭނާގެ މައްޗަށް އުފުލި މައްސަލަ ކާމިޔާބު ނުވި ނަމަވެސް، އެހެން ގިނަ ބަޔަކަށް މިފަދަ މައްސަލަތަކާ ދެކޮޅަށް ތެދުވާނެ ވަސީލަތްތައް ނުހުންނަ ކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ޖަސްޓިން މި މައްސަލަ އުފުލައިފައިވަނީ "އިޓް އެންޑްސް ވިތް އަސް" ފިލްމާ ގުޅިގެންނެވެ. އޭނާ ބުނެފައިވަނީ ބްލޭކް އާއި ރަޔަން އޭނާގެ އަބުރު ގެއްލޭގޮތަށް ޖިންސީ ފުރައްސާރައިގެ ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

ބްލޭކްގެ ވަކީލުން ބުނެ ބުނެފައިވަނީ މިއީ އެ ތަރިއަކަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ޖަސްޓިން އުފުލި ބަދަލުހިފުމުގެ މައްސަލައިން ބްލޭކް އާއި އެހެން ފަރާތްތަކުގެ ކުށެއް ނެތްކަން ސާބިތުވި ކަމެއް ކަމަށެވެ.