ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓަ ތަމްބާގް އާއި އިތުރު އެހެން ބައެއް އެކްޓިވިސްޓުން ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި ޔޮޓް "މަދްލީން" ހިފަހައްޓައި އިޒްރޭލަށް ގެންގޮސްފިއެވެ.
ދަ ފްރީޑަމް ފްލޯޓިއްލާ ކޯލިޝަނުން އިންތިޒާމުކޮށްގެން އެކްޓިވިސްޓުންނާއެކު ގާޒާއަށް ދަތުރުކުރި އެހީގެ ބޯޓު ހުއްޓުވާފައިވަނީ ގާޒާއާ 185 ކިލޯމީޓަރާ ކައިރިން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޓަލީގެ ސިސިލީއިން 12 އެކްޓިވިސްޓުންނާ އެކު ދަތުރުފެށި އެބޯޓުގައި އުފުލާފައިވަނީ ގާޒާގައި ބަނޑުހައިހޫނުކަންމަތީ ތިބި އާންމުންނަށް ދިނުމަށް ގެންދިޔަ އިންސާނީ އެހީ ކަމަށާއި އެއްވެސް ހަތިޔާރެއް އެބޯޓުގައި ނުހުންނާނެ ކަމަށް ދަ ފްރީޑަމް ފްލޯޓިއްލާ ކޯލިޝަނުން ބުނެފައިވެއެވެ.
ގާޒާއަށް ދަތުރުކުރި ބޯޓު އިޒްރޭލުގެ ސިފައިން ހިފަހައްޓައި އޭގެން ދަތުރުކުރި 12 އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ އިރު، އަލްޖަޒީރާއިން ވަނީ ހައްޔަރުކުރި މީހުން ބައިތިއްބާފައިވަނީ ވަކިވަކިން ކަމަށާއި އެމީހުން އިޒްރޭލުުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ