މަޝްހޫރު ޑާންސް ގްރޫޕް "ހިޔަލަ ޑާންސް" އިން ބޮޑު އީދަށް ނެރުނު "އީދު ބޯމަތިވަނީ" ލަވަ އެ ގްރޫޕްގެ ހުއްދަ ހޯދުމެއްނެތި ޓީވީއެމް އިން ދެއްކި މައްސަލައިގައި އެ ޗެނަލާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.
އެ ލަވަ ރިލީޒްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ލަވަ ޓީވީއެމުން ދައްކާފައިވަނީ އީދު ދުވަހު އެވެ.
ހިޔަލަ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓީވީއެމުން އެ ލަވަ ދައްކާފައިވަނީ ހުއްދަ ނުހޯދަ އެވެ. އެ ލަވަ ބްރޯޑްކާސްޓްކުރުމަށް އެ ގްރޫޕުން އެއްވެސް ޗެނަލަކަށް ހުއްދަ ދީފައިނުވާނެ ކަމަށެވެ.
"މިއީ އަހަރެމެންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން އަހުލާގީ ގޮތުން ވެސް ވަރަށް ދަށް ފެންވަރުގެ އަމަލެއް. އެހެންވެ، އެކަން ވަރަށް ސީރިއަސްކޮށް ނަގައި، ޓީވީއެމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތެއް މިދަނީ ހޯދަމުން،" ހިޔަލަ ގްރޫޕުން ބުނެފައިވެ އެވެ.
އާއިޝަތު މާހާ
ކުއްލި ޚަބަރު
ރިޕޯޓް
އަންހެނުން
ވިޔަފާރި
އަޑު އަހާ ބާ ވެއްޖެ
އައި - 1 އަހަރު ކުރިން