އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މީހުންގެ ވަޒީފާތައް ގެއްލި އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ގޫގުލްގެ ސީއީއޯ ސުންދަރް ޕިޗައި ބުނެފިއެވެ.
އޭނާ ބުނާ ގޮތުގައި އޭއައީ އިން އިންޖިނިއަރުންގެ އުފެއްދުންތެރިކަން އިތުރުކޮށްދޭނެ އެވެ. އަދި 2026 އާ ހަމައަށް ގޫގުލްގެ އިންޖިނިއަރުންގެ އަދަދު އިތުރުކުރާނެ ކަމަށެވެ.
ޕިޗައި ވަނީ ކުންފުނީގެ މުސްތަގުބަލާއި އޭނާގެ ފަހުން އަންނާނެ ސީއީއޯއަކާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. ސެން ފްރެންސިސްކޯގައި ބޭއްވި ބްލޫމްބާގްގެ ޓެކް ކޮންފަރެންސްގައި ވާހަކަދައްކަމުން ޕިޗައި ބުނެފައިވަނީ އޭނާގެ ފަހުން އަންނަ ސީއީއޯ އަކީ ގޫގުލްގެ ޓެކްނޮލޮޖީތަކުން މުޖުތަމައަށް ފައިދާ ކުރުވުމަށް އިސްކަންދޭ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ޕިޗައި އިތުރަށް ބުނެފައިވަނީ އޭނާގެ ފަހުން އަންނަ ސީއީއޯ އަކަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައި ގޫގުލްގެ ލީޑަޝިޕާއި ނިންމުންތައް ނިންމުމުގައި އޭއައީގެ ދައުރު އޮންނާނެ މިންވަރު ދައްކުވައިދޭ ކަމެކެވެ.
ޕިޗައި ވަނީ އޭނާގެ ކުޑައިރުގެ ވާހަކަވެސް ދައްކައިފައެވެ. އޭނާ ބުނާ ގޮތުގައި އެއިރު ވަރަށް ބޮޑަށް ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހުނެވެ . މިފަދަ ތަޖުރިބާތަކުން ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުންގެ ދިރިއުޅުން ރަނގަޅުކުރުމުގެ މުހިންމުކަން އޭނާއަށް އެނގުނު ކަމަށް ބުނެފައިވެއެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް