ހުޅުމާލޭގައި އީދު ހުޅު ރޯކުރުމާއެކު ފޯރިގަދަ އީދުގެ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި އަޟްހާ އީދު ދުވަހުގެ މުނާސަބާގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ.
އެގޮތުން މިރޭ 8:30 ގައި ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު އެކެއް ސަރަހައްދުގައި އީދު ވެދުމާ ދިއުމާއި އީދު ހުޅު ރޯކުރުން ކުރިއަށްގެންދާނެ ކަމަށާއި އެއަށްފަހު ފޯރިގަދަ ބޮޑުބެރު ޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހަމައެއާއެކު އީދުގެ ފުރަތަމަ ދުވަހާއި ދެވަަނަ ދުވަހާއި އަދި ތިންވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި އާއިލީ ހަވީރަކާއި އަދި ހިޔާ ޕާކު ސަރަހައްދުގައި އީދު ހަވީރެއްގެ ކަންކަން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ހަރަކާތްތަކަކީ އާއިލާތަކަށް ބައިވެރިވެވޭނެ ހަރަކާތްތަކެއް ކަމަށާއި މިފަހަރުގެ އީދަކީ ވެސް ގިނަ ބަޔަކު އެއްތަނަކުން ދިމާވެ އެއްބައިވަންތަކަން އާލާވެގެންދާ އީދަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ޢީދުހުޅު (ނުވަތަ)ޢީދުބިޑިއަކީ ޢީދުމަސްމަހަށް ހަނދުފެނުނީމައި ކައިރީގައިހުންނަރައްރަށް ހަނދުފެނުނުކަންއަންގަން ކުރާކަމެކެވެ އެއީޢީދުގައިޖަހާހުޅެއްނޫނެވެ
އިއްބެ - 1 އަހަރު ކުރިން