މަސްތުވާތަކެތީގެ މައްސަލައެެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި މީހަކު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ރޭ ދަންވަރު މަރުވެފައި ވަނީ ނ. މާފަރު/ ހިތްފަސޭހަގެ މޫސާ ހަސަން، 45އ. އެވެ. އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އައި މީހެކެވެ.

ކަރެކްޝަނުން ބުނީ އެ މީހާއަކީ މިދިޔަ އޭޕްރީލް މަހު އިމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި މީހެއް ކަމަށާއި އޭނާ މަރުވީ ރޭ ދަންވަރު ހިތް ހުއްޓިގެން ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ މަރުވި މައްސަލަ ފުލުހުންނާއި އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށެވެ.