ގޫގުލް ފޮޓޯސް އެޕްގައި ޓެކްސްޓް ބޭނުންކޮށްގެން ފޮޓޯ ހޯދޭ އާ ފީޗަރެއް ތައާރަފުކޮށްފިއެވެ. މި ފީޗާއަކީ ޖެމިނައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ ފީޗާއެކެވެ.
މި އާ ފީޗާގެ ސަބަބުން، ބޭނުންވާ ފޮޓޯއެއް ހޯދުމަށް ފަސޭހަވެގެންދާނެއެވެ. ހާއްސަކޮށް ކުރީގެ ފޮޓޯތައް ނުވަތަ ވަކި މީހެއްގެ ނުވަތަ ތަނެއްގެ ފޮޓޯ ހޯދުމަށް މި ފީޗާއިން އެހީތެރިވެދޭނެއެވެ. މި ފީޗާ މިހާރު ބޭނުންކުރެވެނީ އެންޑްރޮއިޑް، އައިއޯއެސް އަދި ވެބް ވަރޝަންގައެވެ.
ފޮޓޯ ހޯދުމަށް ގޫގުލް ފޮޓޯސް އެޕް ހުޅުވާ ސާރޗް ޓެބަށް ދާށެވެ. ހޯދަން ބޭނުންވާ އެއްޗެއް ކޯޓޭޝަން (" ") ތެރޭގައި ޓައިޕްކުރުމުން އެޕުން ގުޅުން ހުރި ފޮޓޯތައް ދައްކާނެއެވެ.
ގޫގުލްއިން ބުނާ ގޮތުގައި މި ފީޗާ ބޭނުންކޮށްގެން ފައިލް ނަން، ކެމެރާ މޮޑެލް، ކެޕްޝަން އަދި ފޮޓޯގައި ހިމެނޭ ޓެކްސްޓް ބޭނުންކޮށްގެން ފޮޓޯ ހޯދިދާނެ އެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް އިނގިރޭސި ބަހުން ސާރޗް ކުރުމަށް ގޫގުލްއިން ލަފާދެއެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް