ދުނިޔޭގެ ފުރަތަމަ އިލެކްޓްރިކް ފަސެންޖާ ފްލައިޓުގެ ފުރަތަމަ ދަތުރު ކޮށްފިއެވެ.

އެމެރިކާގެ ބީޓާ ޓެކްނޮލޮޖީސް އިން އުފައްދާފައިވާ އެ ފްލައިޓަށް އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އުދުހުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ ފްލައިޓުން އިއްޔެ ވަނީ އެމެރިކާގެ ހަމްޕްޓަން އެއާޕޯޓުން އެ ގައުމުގެ ނިއުޔޯކްގައި ހުންނަ ޖޯން އޮފް ކެނެޑީ އެއާޕޯޓަށް ދަތުރުކޮށްފައެވެ. ޖުމުލަ 45 މިނެޓުގެ އެ ދަތުރުގައި އެ ފްލައިޓުގައި ހަތަރު ފަސެންޖަރުންނާއި ދެ ޕައިލެޓުން ދަތުރުކުރިއެވެ.

ބީޓާ ޓެކްނޮލޮޖީސްގެ ސީއީއޯ ކޭލް ކްލާކް ވިދާޅުވީ، އެ ދަތުރާއެކު އޭވިއޭޝަން ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

އެލިއާ ސީއެކްސް 300 މަރުކާގެ އެ ފްލައިޓް ޑިޒައިން ކޮށްފައިވާ ގޮތުން ފުލް ޗާޖު ކޮށްގެން 250 ނޯޓިކަލް މޭލަށް ދަތުރުކުރެވޭނެ އެވެ. އަދި އެ ފްލައިޓުގެ އަޑުވެސް މަޑުވާނެ އެވެ.