ރޭ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައި މާރާމާރީ ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 16 އަހަރުގެ ފިިރިހެން ކުއްޖެކެވެ.

އަދި އެ މާރާމާރީގައި އަނިޔާވެފައިވަނީ އިންޑިއާ ފިިރިހެނަކަށް ކަމަށެވެ. އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގައި ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއެއް ޒަހަމްކޮށްލައިފައެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ނުބުނެއެވެ.