ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައިސްކަލް ދުއްވުން ތައާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ބައިސްކަލް ދުއްވާ ދުވަހާ ގުޅިގެން ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިސްކަލްތަކަކީ ތިމާވެއްޓާ ރައްޓެހި ސިޓީތަކަށް، ހަރަދު ކުޑަ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ.
"ސިޓީތައް މިވަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ، އަހަރެމެންގެ ދަތުރުފަތުރުގެ ނިޒާމުތަކާމެދު އަލުން ވިސްނަން ޖެހޭ ވަގުތު މިވަނީ އައިސްފަ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ތިމާވެއްޓާ ރައްޓެހި ބައިސްކަލް ދުއްވުން ތައާރަފްކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އާއިޝަތު މާހާ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ރައީސް މުހައްމަދު ނަޝީދު
ހާރިޖީ ގުޅުން