ގޫގުލް އިން ޖީމެއިލްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދިގު އީމެއިލްތައް އަދި މެސެޖް ތްރެޑްތައް އަމިއްލައަށް ހުލާސާކުރާ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ. މި އަޕްޑޭޓަކީ ގޫގުލް ވޯކްސްޕޭސްގެ މޭ މަހުގެ އަޕްޑޭޓުގެ ބައެކެވެ.
ޖެމިނައި އޭއައި ބޭނުންކޮށްގެން އުފައްދާ ހުލާސާ ކާޑުތައް ދިގު އީމެއިލްތަކުގެ މަތީގައި ފެންނާނެ އެވެ. މި ހުލާސާތައް އާ ޖަވާބުތައް އަންނަ ވަރަކަށް އަޕްޑޭޓްވާނެ އެވެ. އަދި ބޭނުންވެއްޖެ ނަމަ މި ހުލާސާ ފޮރުވިދާނެއެވެ. މީގެ ކުރީން ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އޭއައި ހުލާސާ ބެލުމަށް ވަކިން ޖެމިނައި އައިކަނަށް ފިތާލަން ޖެހުނެވެ.
ޖީމެއިލްގެ އިތުރުން، ގޫގުލް ޗެޓްގައިވެސް މި ފީޗާ ތައާރަފުކޮށްފައިވެއެވެ. މި ފީޗާ 8 ބަހަކުން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން، ގޫގުލް ޑޮކްސްގައި ސަމަރީ ބިލްޑިން ބްލޮކް ނަމަކަށް ކިޔާ އާ ޓޫލެއް ވެސް ތައާރަފުކޮށްފައިވެއެވެ. މި ޓޫލް ބޭނުންކޮށްގެން ޑޮކިއުމަންޓެއްގެ ހުލާސާ އުފެއްދޭނެ ގޮތް ވަނީ ތައާރަފު ކޮށްފައެވެ.
ގޫގުލް މީޓްގައި އާ ލޭއައުޓް އޮޕްޝަންތަކެއް ވެސް ތައާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި "ރޫމް" އަދި "އިންޑިވިޖުއަލް" ޓައިލްތައް ހިމެނެއެވެ. މި އާ ފީޗާތަކުގެ ސަބަބުން ގޫގުލް ވޯކްސްޕޭސް ބޭނުންކުރާ ފަރާތްތަކަށް ވަގުތު ސަލާމަތްކުރެވި، މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ.
ގޫގުލް
ގޫގުލް
ގޫގުލް
ގޫގުލް