ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ގޭބިސީތަކަށް މިދިޔަ މަހުގެ ކަރަންޓުގެ ބިލުވެސް ސަރުކާރުން ކަނޑައެޅި އާ ޓެރިފް ރޭޓްގައި ދޫކުރާނެ ކަމަށް އެ ކުންފުނިން މިރޭ ބުނެފި އެވެ.
ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.
ސްޓެލްކޯ އިން މިރޭ ބުނީ މެއި މަހުގެ ކަރަންޓު ބިލު ވެސް ތައްޔާރުކޮށްފައިވާނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށާއި މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލުތަކެއްވެސް ތައްޔާރު ކުރާނީ އާ ޓެރިފް ރޭޓްތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލޭ ސަރަހައްދުގެ އިތުރުން ސްޓެލްކޯ އިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެނީ، އދ. އަތޮޅުގެ މާމިގިލި ފިޔަވާ އެ އަތޮޅުގެ ހުރިހާ ރަށަކާއި ވ. އަތޮޅުގެ ހުރިހާ ރަށަކާއި ކ. އަތޮޅުގެ ހުރާ ނޫން ހުރިހާ ރަށަކަށެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ