އަކްޝޭ ކުމާރު އަދި ސާޖިދު ނަދިއާދްވާލާގެ އެންމެ ފަހުގެ ފިލްމު "ހައުސްފުލް 5" އިންޑިއާގެ އެންމެ ބަޖެޓު ބޮޑު ކޮމެޑީ ފިލްމުގެ ރެކޯޑު ގާއިމުކޮށްފިއެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މިމަހު ހަވަނަ ދުވަހުއެވެ.
ފިލްމާ ގުޅޭ މަސްދަރަކާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި "ހައުސްފުލް 5" އުފައްދާފައިވަނީ 225 ކްރޯޑް ރުޕީސްގެ ބަޖެޓެއްގައެވެ. މިއީ އިންޑިއާގައި ކޮމެޑީ ފިލްމަކަށް ޚަރަދުކުރި އެންމެ ބޮޑު ބަޖެޓު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި މަޝްހޫރު 19 އެކްޓަރަކު ބައިވެރިވެއެވެ.
ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ 90 ދުވަހުގެ މުއްދަތެއްގައި ބައިނަލްއަގްވާމީ ކަނޑުތަކުގައި ދަތުރުކުރާ ކްރޫޒެއްގައި އަދި މުމްބާއީގެ ސެޓެއްގައެވެ. ފިލްމުގެ އެޑްވާންސް ޓިކެޓް ވިއްކަން ފަށާފައިވާ އިރު، ބޭރު ގައުމުތަކުގެ ޓިކެޓް ވިއްކުން ވަރަށް ރަނގަޅު ކަމަށް ހަބަރުތައް ބުނެއެވެ.
"ހައުސްފުލް 5" އަކީ އަކްޝޭ އަދި ސާޖިދުގެ ގިނަ ކޮލަބޮރޭޝަންތަކުގެ ތެރެއިން އެންމެ ފަހުގެ މަސައްކަތެވެ. މީގެ ކުރިން މި ދެ ފަރާތުން ވަނީ "ހައުސްފުލް" ސީރީޒްގެ އެހެން ފިލްމުތަކާއި އިތުރު ގިނަ ފިލްމުތަކުގެއްގައި މަސައްކަތްކޮށްފައެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު