މާލޭ މީހުންނަށް ގޯތި ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ދިން ތަންތަނަށް ބަދަލު ގެނެސްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގޯތީގެ ލޮކޭޝަނަށް ބަދަލު ގެނެސްފައިވަނީ ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ކަމަށެވެ. އެ ބަދަލާ ގުޅިގެން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ގުރުނެގުން ވަނީ ބާއްވައިފަ އެވެ.
މިނިސްޓްރީން މިހާރު ވަނީ، ގޯތި ލިބުނު ފަރާތްތަކުގެ ފޯމު ނަންބަރާއި ލޮޓު ނަންބަރު އަދި އެ ގޯތިތަކުގެ ބޮޑުމިނުގެ ތަފުސީލު ހިމެނޭ ލިސްޓު އާއްމުކޮށްފަ އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ހިއްކަން ހަމަޖެހިފައިވާ ފުންތަނުން ދޭން ނިންމާފައިވާ ގޯގިތައް މިހާރު ހިއްކައި ނިމިފައިވާ ސަރަހައްދުން ދޭން ނިންމައި ގެނައި ބަދަލެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ