އިސްލާމީ މިންގަނޑުގެ ތެރޭގައި އީދު ފާހަގަ ކުރަން ލޯކަލް ގަވަނެސް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަމާނުއްސުރެ ދިވެހިންނަކީ ކުލަގަދަކޮށް އީދު ފާހަގަކުރާ ބައެއް ކަމަށެވެ. އީދު ހަރަކާތުގެ ސަބަބުން ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، އިޖުތިމާއީ ގުޅުން ވަރުގަދަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން، އީދުގެ އުފަލުގައި ބައިވެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދު ވަނީ ޖޫން މަހުގެ ފަހަކުން ނުވައެއްގެ ނިޔަލަށެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް