ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން، ކުރީގެ އެކްޓިން ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝަމީމް ކުރިމަތިލައްވައިފިއެވެ.
ހޯމް މިނިސްޓްރީން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ މޭމަހުގެ 27 ގަ އެވެ. އެއީ މިއަދަށް މުއްދަތު ހަމަވާ ގޮތަށެވެ.
އެނގިފައިވާ ގޮތުގައި މުއްދަތުގައި ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އެ ތިން ބޭފުޅުން އެކަންޏެވެ. އޭގެ ތެރެއިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު ކަނޑައަޅާނީ ޕޮލިސް ބޯޑުން އެ ތިން ބޭފުޅުންގެ ފެންވަރު ބެލުމަށްފަހު، އިންޓަވިއުކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިއަހަރުގެ އެޕްރީލް މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ސުޖާއު އިސްތިއުފާ ދެއްވީ، ހ. ފެންޓެނޯއީ މަތިން ވެއްޓި ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ހަދާ ގޯސްތަކަށް ފާޑުކިޔުން އަމާޒުވެ، ޒުވާނުން ކުރަން ފެށި މުޒާރަހާތަކާ ގުޅިގެންނެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލު ކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މަގާމު ވަގުތީ ގޮތުން ވަނީ ހަވާލުކޮށްފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް