މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް ދެ ރުފިޔާ، ގާތްގަނޑަކަށް ޖުމްލަ 16 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) އަށް ހުށަހަޅަން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ އިއްޔެ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ.

އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮންމެ ހިއްސާއަކަށް ދެ ރުފިޔާގެ މަގުން ޖުމްލަ 16،075،498 ރުފިޔާ ބަހަން އޭޖީއެމްއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި 165 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.