ރައީސް އޮފީހުގެ ތަރުޖަމާން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ބައްޕަ ހަސަން ވަލީދު (ހަސަންބެ)، 70އ އަވަހާރަވެއްޖެ އެވެ.

އައްޑޫގެ ހިތަދޫއަށް އުފަން ހަސަންބެ އަވަހާރަވީ މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ހަސަންބެ ވަނީ އައްޑޫ ހިތަދޫ ފަޒާ މިސްކިތުގެ އިމާމުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައި އައްޑޫގެ ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ގުރުއާން އުގަންނަވައި ދެއްވި ބޭފުޅެކެވެ.