ދިރާގު ކަސްޓަމަރުންނަށް ހައްޖު ޕެކޭޖަކާ އެކު 46 ގައުމަކުން ރޯމިންގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީ 150 ރުފިޔާއިން ފެށިގެން 775 ރުފިޔާއާ ދެމެދުގައި ލިބެން ހުރި އެ ރޯމިން ޕެކޭޖްތައް ފަރުމާކޮށްފައިވަނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން އެކި މުއްދަތުތަކަށް ނެގޭ ގޮތަށް ކަމަށެވެ.
ހިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހީން އާންމުކޮށް ދަތުރުކުރާ ގައުމުތައް ކަމުގައިވާ އިންޑިއާ، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާ ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި އެ ޕެކޭޖްތަކުގެ ތެރޭގައި، ހައްޖާއި އުމްރާއަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން 375 ރުފިޔާއަށް 4ޖީބީ ލިބޭ ޕެކޭޖެއް ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގު އެޕް އަދި މައި އެކައުންޓް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އެ ޕެކޭޖްތައް ބޭނުން ކުރެވޭނީ ޑޭޓާ ރޯމިން އެކްޓިވޭޓް ކޮށްފައިވާ ނަންބަރުތަކަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެހެންކަމުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އެ ޒިޔާރަތް ކުރާ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮށް ދިރާގުން ރޯމިން ޕެކޭޖެއް އެކްޓިވޭޓް ކޮށްގެން ފަސޭހަކަމާއެކު ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ދިރާގު
ދިރާގު
ދިރާގު
ދިރާގު