މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓް، ބިގް މެޝިން ރެކޯޑްސް އިން ހަ އަހަރު ކުރިން ވިއްކާލި އޭނާގެ އަލްބަމްތައް އަނބުރާ ގަނެފިއެވެ. މި މުއާމަލާތަކީ ބޮޑު އަދަދެއްގެ ޑޮލަރުގެ މުއާމަލާތެއް ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

މި އަލްބަމްތައް 2019 ގައި ވިއްކާލެވުނީ ޓޭލަރގެ ރުހުމާ ނުލައެވެ. މިއަލްބަމްތައް އަނބުރާ ގަތުމަށް ތިންވަނަ ފަރާތެއް ބައިވެރިވެފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.

ޓޭލަރ ވަނީ ފޭނުންނަށް އޭނާގެ ލަވަތަކުގެ ދެ ވަރޝަން ލިބެން ހުންނާނެ ކަމަށް ބުނެފައެވެ. އެއް ވާޝަނަކީ ޓޭލާގެ ވާޝަން އަދި އަނެއް ވާޝަނަކީ އޮރިޖިނަލް ރެކޯޑިން އެވެ.

ޓޭލާގެ ގާތް ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނެފައިވާ ގޮތުގައި އަލްބަމްތައް ގަތް އަގު އެ ދެފަރާތުންވެސް ހާމައެއް ނުކުރާނެ އެވެ.

މި އަލްބަމްތައް ގަތުމުން މިހާރު ޓޭލާގެ ހުރިހާ މިޔުޒިކެއް އޭނާގެ އަމިއްލަ މިލްކިއްޔާތުގެ ދަށަށް ބަދަލުވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.