ރާއްޖޭގެ ހަތަރު އަތޮޅެއްގައި ގާއިމުކޮށްފައިވާ ޑަޔަލަސިސްގެ ހިދުމަތް ފަށައިފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުހައްމަދު މުއިއްޒުއެވެ.
ރޭ ޑަޔަލަސިސްގެ ހިދުމަތް ފެށީ ނ. ވެލިދޫ ސިއްހީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ފަސް އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލަސިސްގެ ހިދުމަތް ވަނީ ފަށައިފައެވެ. ނުފެށި ވަނީ އއ، އދ، ވ، ފ، އަދި ދ. އަތޮޅުގައެވެ.
މިނިސްޓްރީން ބުނީ ރައީސްގެ އިސްނެންގެވުމާއެކު ރާއްޖޭގެ ރަށްރަށުގައި ޑަޔަލަސިސްގެ ހިދުމަތް ދޭ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައި ވެސް ޑަޔަލަސިސްގެ ހިދުމަތް ފެށޭނެ ކަމަށެވެ.
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން