ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް، އަހުމަދު ޝަހީރު އައްޔަން ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ޝަހީރު އެ މަގާމަށް އައްޔަނުކުރީ މިއަދު ކަމަށެވެ.

ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފައެވެ.

މީގެ އިތުރުން ޝަހީރު ވަނީ 29 އަހަރު އެސްޓީއޯގައި މަސައްކަތް ކުރައްވައިފައެވެ. އަދި 2015 އިން 2018 އަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަންވެސް އޭނާ ކުރެއްވިއެެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެފަހުން ހުންނެވީ އަހުމަދު ނާސިފް (ޑީޑީ) އެވެ. މިދިޔަ މާޗު މަހު އޭނާ އެ މަގާމުން ވަކިކޮށް ވަނީ ވެމްކޯގެ ޗެއާމަނަކަށް އައްޔަންކޮށްފައެވެ.