އެޕަލް އިންޓެލިޖެންސްގެ "ރައިޓިން ޓޫލްސް" އަކީ އައިފޯނާއި އެހެނިހެން އެޕަލް އުފެއްދުންތަކުގައި ބޭނުން ކުރެވޭ އެންމެ ބޭނުން ތެރި ފީޗާތަކުގެ ތެރެއިން އެއް ފީޗާއެވެ. މި ފީޗާ އަކީ ޖެންމޯޖީ ނުވަތަ އިމޭޖް ޕްލޭގްރައުންޑް ފަދަ ފީޗާތަކަށްވުރެ މަޝްހޫރު ނޫން ނަމަވެސް، ލިޔުންތެރީންނަށް ވަރަށް ބޭނުންތެރި ފީޗަރެކެވެ.
ރައިޓިންގ ޓޫލްސްގެ މައިގަނޑު 4 ބައި:
- ޕްރޫފްރީޑިން: ލިޔުމުގައި ހުރި ކުށްތައް ރަނގަޅުކޮށްދޭ
- ރީރައިޓިން: ލިޔުން އަލުން ލިޔެދޭ.
- ސަމަރައިޒިން: ލިޔުމުގެ ހުލާސާ ހަދައިދިނުން އަދި އޮގަނައިޒްކޮށްދިނުން.
- ކޮމްޕޯޒިން: ޗެޓްޖީޕީޓީ ބޭނުންކޮށްގެން އާ ލިޔުން އުފެއްދުން.
ޕްރޫފްރީޑިން ފީޗާ ބޭނުންކޮށްގެން ލިޔުމުގައި ހުރި ގަވައިދުގެ ކުށްތަކާއި، ރަނގަޅު ނޫން ބަސްތައް ބަދަލުކޮށްދެއެވެ. ރީރައިޓިން ފީޗާ ބޭނުންކޮށްގެން މުޅި ލިޔުން އަލުން ލިޔެދެއެވެ. މީގެ އިތުރުން، ލިޔުމުގެ ޓޯން ބަދަލުކުރުމާއި، ކުރުކޮށްދިނުމުގެ ފީޗާތައްވެސް ހިމެނެއެވެ. ސަމަރައިޒިން ފީޗާ ބޭނުންކޮށްގެން ލިޔުމުގެ މުހިންމު ނުކުތާތައް ނަގައި، ލިސްޓު އަދި ތާވަލު ހަދައިދެއެވެ.
ކޮމްޕޯޒިން ފީޗާ ބޭނުންކޮށްގެން ޗެޓްޖީޕީޓީ މެދުވެރިކޮށް އާ ލިޔުންތައް އުފެއްދިދާނެއެވެ. މިސާލަކަށް، ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީއަށް ދައުވަތު ދޭ ސިޓީއެއް ލިޔަން ބޭނުންވާ ނަމަ، އެކަން ބަޔާންކޮށް ޕްރޮމްޕްޓެއް ލިޔުމުން، ޗެޓްޖީޕީޓީ އިން އެ ސިޓީ ލިޔެދޭނެއެވެ.
ރައިޓިން ޓޫލްސް ބޭނުންކުރާނެ ގޮތް:
ލިޔުމެއް ލިޔަމުންދާއިރު، އެ ލިޔުން ހައިލައިޓްކޮށް، ފްލޯޓިން އޮޕްޝަންތަކުގެ ތެރެއިން "ރައިޓިން ޓޫލްސް" އަށް ފިތާލުމުން، މި ފީޗާ ބޭނުންކުރެވޭނެއެވެ. އެއަށްފަހު، ޕްރޫފްރީޑް، ރީރައިޓް، ފްރެންޑްލީ ޓޯން، ޕްރޮފެޝަނަލް ޓޯން، ކޮންސައިޒް، ސަމަރީ، ކީ ޕޮއިންޓްސް، އަދި ކޮމްޕޯޒް ފަދަ އެކި އޮޕްޝަންތައް ފެންނާނެ އެވެ.
މި ފީޗާ އަކީ ލިޔުންތެރީންނަށް ވަރަށް ބޭނުންތެރި އަދި ފަސޭހަ ފީޗާއެއް ކަމަށް ޓެކް ހަބަރުތައް ބުނެއެވެ. މި ފީޗާ ބޭނުންކޮށްގެން ލިޔުންތައް އިތުރަށް ފުރިހަމަކޮށް، ފެންވަރު ރަނގަޅުކުރުމަށް ފަސޭހަވެގެންދާނެއެވެ. އެޕަލްގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ އަކީ ލިޔުމުގެ މަސައްކަތްތައް ފަސޭހަކޮށްދޭނެ އާ އިތުރު އެހީތެރިއެއްގެ ގޮތުގައި ޓެކް ރިޕޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް