އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި ރެޕަރު ރާޖާ ކުމާރީ އަށް 51 ވަނަ އެމެރިކަން މިޔުޒިކް އެވޯޑްސް (އޭއެމްއޭ) އިން "އާކޭން ލީގް އޮފް ލެޖެންޑްސް: ސީޒަން 2" އިން އެވޯޑު ލިބިއްޖެއެވެ. މިއީ އޭއެމްއޭ އަށް ނޮމިނޭޓް ވި އިންޑިއާގެ ފުރަތަމަ ލަވަކިޔުންތެރިޔާ އެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ރާޖާ ކުމާރީ ބުނެފައިވަނީ އޭނާއަށް އަބަދުވެސް އިހުސާސް ވަނީ އަންޑާޑޯގެއްގެ ގޮތުގައި ކަމަށާއި، މި ކާމިޔާބީއަކީ އަމިއްލަ ނަފުސަށް އޮތް އިތުބާރު އިތުރަށް ބޮޑުވެގެން ދިޔަ ކަމެއް ކަމަށެވެ. މިއީ އިންޑިއާއަށް ހޯދައިދެވުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
ރާޖާ ކުމާރީ އިތުރަށް ބުނެފައިވަނީ މި ލަވައިގައި އިންޑިއާ ސަގާފަތުގެ ވަރަށް ގިނަ ކަންތައްތައް ހިމަނާފައިވާ ކަމަށާއި، މިފަދަ ލަވަޔަކުން ކާމިޔާބު ލިބުމުން ދައްކުވައިދެނީ ދުނިޔެ ބަދަލުވަމުން އަންނަ ކަން ކަމަށެވެ. އަދި މީހުން އިންޑިއާ މިޔުޒިކަށް ލޯބިކުރާކަން ދައްކުވައިދޭ ކަމަށްވެސް ބުނެފައިވެއެވެ.
މި ކާމިޔާބީ ލިބޭނެކަމުގެ އިހުސާސް ކުރިން ލިބުނުތޯ ސުވާލުކުރުމުން، ރާޖާ ކުމާރީ ބުނެފައިވަނީ އެކަން އޭނާއަށް އިހުސާސްވި ކަމަށެވެ. އަދި މި ލަވަ ސްޕޮޓިފައި ވައިރަލް 50 ޗާޓުގެ ޓޮޕް 10 ގައި ހިމެނުމާއި، ގިނަ ބައެއްގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި މި ލަވަ ވެގެން ދިއުމުން، މި ކާމިޔާބީ ލިބޭނެކަމުގެ އުންމީދު ބޮޑުވި ކަމަށް ބުނެފައިވެއެވެ.
ބޭރު ކުޅިވަރު
ރިޕޯޓް
ނުކުޅެދުންތެރިކަން ހުންނަ މީހުން
ބޭރު ކުޅިވަރު