އިންޑިއާގެ އެންމެ މަގުބޫލު ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" ގެ ފަސްވަނަ ބައި، "ހައުސްފުލް 5" ގެ ޓްރެއިލާ ނެރެފިއެވެ. މި ފިލްމު ތިއޭޓަރުތަކަށް ނުކުންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ސަޖިދު ނަދިއާދްވާލާ ބުނެފައިވާ ގޮތުގައި މި ފިލްމުގެ ވާހަކަ ފާއިތުވި 30 އަހަރު އޭނާ އައީ ވިސްނަމުންނެވެ. އަދި މި ފިލްމުގައި ތަފާތު ދެ ނިމުމެއް ހިމެނޭނެ ކަމަށާއި، އެއް ޝޯގައި އެއް ނިމުމެއް ދައްކާއިރު، އަނެއް ޝޯގައި އަނެއް ނިމުން ދައްކާނެ ކަމަށް ބުނެފައިވެއެވެ. ސިންގަލް ސްކްރީން އަދި މަލްޓިޕްލެކްސް ތަކުގައިވެސް މިގޮތަށް ދައްކާނެ ކަމަށް ބުނެފައިވެއެވެ.
"ހައުސްފުލް 5" ގައި ޖުމްލަ 19 ތަރިން ބައިވެރިވެއެވެ. މީގެ ތެރޭގައި އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، އަބިޝޭކް ބައްޗަން، ޖެކުލިން ފަރްނާންޑޭޒް، ސޯނަމް ބަޖްވާ، ނަރްގިސް ފަކްރީ، ސަންޖޭ ދަތް، ޖެކީ ޝްރޮފް، ނާނާ ޕާޓޭކަރު، ޗިތްރަންގަދާ ސިންގް، ފަރްދީން ޚާން، ޗަންކީ ޕާންޑޭ، ޖޮނީ ލީވަރު، ޝްރޭޔަސް ތަލްޕަޑޭ، ދީނޯ މޮރޭއާ، ރަންޖީތު، ސައުންދަރްޔާ ޝަރްމާ، ނިކިތިން ދީރު، އަދި އަކާޝްދީޕް ސަބީރު ހިމެނެއެވެ. ފިލްމު ޑައިރެކްޓްކުރަނީ ތާރުން މަންސުކާނީ އެވެ.
މި ފިލްމަކީ ލަންޑަނުން ފެށިގެން ފްރާންސް އަދި ސްޕެއިން މަގުން އަނެއްކާވެސް ޔޫކޭއަށް ދަތުރުކުރާ ލަގްޒަރީ ކްރޫޒް އުޅަނދެއްގައި ރޫޅާލާފައިވާ ބޮޑު ބަޖެޓެއްގެ ފިލްމެކެވެ. ފިލްމުގެ ލަވަތައް ކަމަަށްވާ "ލާލް ޕަރީ" އަދި "ދިލް އޭ ނަދާން" މިހާރުވެސް ވަނީ ވަރަށް މަގުބޫލުވެފައެވެ.
މި އަހަރަކީ ނަދިއާދްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްގެ 75 ވަނަ އަހަރެވެ. "ހައުސްފުލް 5" ގެ އިތުރުން، މި އަހަރު ނަދިއާދްވާލާ ގްރޭންޑްސަން އިން "ބާގީ 4" އަދި ޝާހިދު ކަޕޫރު އާއި ތްރިޕްތީ ދިމްރީ ލީޑް ރޯލުގައި ފެންނަ އަދި ނަމެއް ނުކިޔާ ފިލްމެއްވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު