ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖާންވީ ކަޕޫރު އޭނާގެ ސްކިންކެއަރ ސިއްރުތައް ކިޔައިދީފިއެވެ. ޖާންވީ މި ވާހަކަތައް ކިޔައިދިނީ ކޭންސް 2025 ގައި ޚުޝް މަޖައްލާއަށް ދިން އިންޓަވިއުއެއްގަ އެވެ. މިވާހަކަ ތަކުގެ ތެރޭގައި ޖާންވީ ވަނީ އޭނާގެ މަންމަ ސްރީ ދޭވީ ދަސްކޮށްދީފައިވާ ބައެއް ކަންކަން ވެސް ހިއްސާކޮށްފަ އެވެ.

ޖާންވީ ބޭނުން ކުރާ ޑީއައިވައި ސްކިންކެއަރ މާސްކްގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ދޮންކެޔޮ، މާމުއި، ކާޑް، އޮރެންޖު، އަލްމަންޑް ތެޔޮ އަދި ސަންސްކްރީން އެވެ.

ޖާންވީގެ ސްކިންކެއަރ ރޫޓީންގެ ހަ ސްޓެޕް:

  • މޫނު ދޮވުން: އާދައިގެ ފެނުން މޫނު ދޮވެ ސާފުކުރުން
  • ހޫނު ފެނުން މޫނަށް އާވި އެރުވުން: 3 މިނިޓު ވަންދެން މޫނަށް އާވި އެރުވުން
  • މޭވާއިން މާސްކެއް ހެދުން: ކާޑް، މާމުއި އަދި ދޮންކެޔޮ މާސްކެއް ހަދައި މޫނުގައި އުނގުޅުން.
  • އޮރެންޖުގެ ޖޫސް މޫނުގައި އުނގުޅުން: މާސްކް ނެގުމަށްފަހު އޮރެންޖު ޖޫސް މޫނުގައި އުނގުޅުން.
  • އަލްމަންޑް ތެޔޮ ލުން: ލޮލުގެ ތިރީ ކައިރީގައި އަލްމަންޑް ތެޔޮ މަޑުމަޑުން އުނގުޅުން.
  • ސަންސްކްރީން ހޭކުން: އެންމެ ފަހު ސްޓެޕްގެ ގޮތުގައި ސަންސްކްރީން ބޭނުން ކުރިން.

ޖާންވީ ބުނެފައިވަނީ މި ރޫޓީންއަކީ ވަރަށް ފަސޭހައިން ގޭގައި ކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިއީ އޭނާގެ މަންމަ ސްރީދޭވީއާއެކު ހޭދަކުރި ވަގުތުތަކުގެ ހަނދާންތައް އާކޮށްދޭ ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި ރޫޓީންގެ ތެރެއިން ޖާންވީ އެންމެ އިސްކަންދެނީ މޫނު ދޮވުމަށްފަހު ހޫނު ފެނުން އާވި އެރުވުމަށެވެ. އޭނާ ބުނާގޮތުގައި މިކަމުން މޫނުގެ ޕޯސްތައް ހުޅުވި، ދެން ބޭނުންކުރާ އެއްޗެހި ރަނގަޅަށް ހަމުގެ އެތެރެއަށް ވަދެއެވެ.

ޖާންވީ އިތުރަށް ބުނެފައިވަނީ މި ރޫޓީންއަކީ އޭނާ ވަރުބަލިވެފައި ހުންނަ ވަގުތުތަކުގައިވެސް މޫނު އުޖާލާކޮށް، ދިރުން ގެނުވައިދޭ ކަމެއް ކަމަށެވެ. އަދި މިއީ ގިނަ ވަގުތު ނަގާ ކަމެއް ނޫންކަމަށާއި، ކޮންމެ މީހަކަށްވެސް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.