ރެވްލޯން ކުންފުނިން 1961 ވަނަ އަހަރު ބާޒާރަށް ނެރުނު "ސުޕަރ ލަސްޓްރަސް ލިޕްސްޓިކް" އަށް 65 އަހަރު ފުރިފައިވާއިރު، މިއީ އަދިވެސް ދުނިޔޭގެ މޭކަޕް މާކެޓުގައި އެންމެ ގިނައިން ވިކޭ އެއް އުފެއްދުން ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
ބިއުޓީ އިންކްގެ "ވިމެންސް ވެއަރ ޑެއިލީ" (ޑަބްލިއުޑަބްލިއުޑީ) އިން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އާންމުކުރި ތާރީހުގެ އެންމެ މޮޅު 100 ބިއުޓީ އުފެއްދުމުގެ ލިސްޓުގައިވެސް މި ލިޕްސްޓިކް ވަނީ ހިމަނައިފައެވެ.
ޑަބްލިއުޑަބްލިއުޑީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުވާލެއްގެ މައްޗަށް ރެވްލޯންގެ 16،297 ލިޕްސްޓިކް ވިކެއެވެ. މިއީ މިނެޓަކު ގާތްގަނޑަކަށް 11 ލިޕްސްޓިކެވެ. ރެވްލޯން އިން އެންމެ ފުރަތަމަ ތުންފަތުގައި ހާކާ ކުލައެއް އުފެއްދީ 1939 ވަނަ އަހަރު ކަމަށްވާއިރު، 1961 ވަނަ އަހަރު ތައާރަފުކުރި މި ފޯމިއުލާއަކީ އެ ކުންފުނީގެ އެންމެ ކާމިޔާބު އެއް އުފެއްދުމެވެ.
މި އުފެއްދުމުގެ މަގުބޫލުކަން ދެމިއޮތް މައިގަނޑު ސަބަބެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރަނީ އޭގެ އަގާއި ފެންވަރެވެ. ގޫގުލްގައި 42،000 އަށްވުރެ ގިނަ މީހުންގެ ރިވިއުއާއެކު 4.4 ތަރީގެ ރޭޓިންއެއް ލިބިފައިވާ މި ލިޕްސްޓިކް ވިއްކަނީ 10 ޑޮލަރަށްވުރެ ހެޔޮ އަގެއްގައެވެ. ރެވްލޯން އިން ބުނެފައިވާ ގޮތުގައި މީގައި 80 އިންސައްތަ ކޮންޑިޝަނިންގ މާއްދާތައް އެކުލެވިގެންވާއިރު، މިއީ ތުންފަތުގެ ރޫތައް ކުޑަކޮށްދީ އޮމާންކަން ގެނެސްދޭ އުފެއްދުމެކެވެ.
މޭކަޕް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ސަކީތިއާ ގްރިފިން ބުނާގޮތުގައި، މި ލިޕްސްޓިކްގެ މަގުބޫލުކަން ނުގެއްލި އޮތީ އޭގެ ކުލަގަދަކަމާއި، ތުންފަތުގައި ހޭކުމަށް ފަސޭހަވުމުގެ އިތުރުން ތުންފަތް ހިކުމުގެ ބަދަލުގައި އަރާމު އިހުސާސެއް ގެނެސްދޭތީއެވެ.
މީގެ އިތުރުން، "އެލުއަރ" މެގަޒިންގެ ފައުންޑިން އެޑިޓަރު، ލިންޑާ ވެލްސް ފާހަގަކުރިގޮތުގައި، މިހާރުގެ މާކެޓުގައި އާ އުފެއްދުންތައް ނެރޭ މިންވަރު ހަލުވި ނަމަވެސް، މިފަދަ އަސްލު އުފެއްދުންތަކުގެ މަގާމު އަބަދުވެސް ދެމިއޮންނާނެއެވެ.
ޒަމާނީ އެތައް ބްރޭންޑްތަކަކާ ވާދަކުރަމުން އަންނައިރު، ރެވްލޯން އިން މިހާރު ވަނީ މި ކްލެސިކް ފޯމިއުލާގެ އާ ވާޝަނެއް ކަމަށްވާ "ސުޕަރ ލަސްޓްރަސް އަލްޓްރާ ލިޕްސްޓިކް" އިތުރު ކުލަތަކަކާއެކު ބާޒާރަށް ނެރުމަށް އިއުލާނުކޮށްފައެވެ.
ބިއުޓީ
ބިއުޓީ
ބިއުޓީ
ބިއުޓީ
ކޮމެންޓް