ހެރީ ޕޮޓާ ޓީވީ ސީރީޒްގެ މައި ތިން ކެރެކްޓަރުގެ ރޯލު ކުޅޭނެ އެކްޓަރުން ހޯދައިފިއެވެ. އެޗްބީއޯއިން ނެރޭ މި ސީރީޒަކީ ޖޭ.ކޭ. ރޯލިންގްގެ މަޝްހޫރު ފޮތްތަކުގެ މައްޗަށް ބިނާކޮށް ހަދާ ސީރީޒެކެވެ.

ސީރީޒްގެ ޝޯރަނަރ އާއި ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ހެރީ، ހާމަޔަނީ އަދި ރޮންގެ ރޯލު ކުޅޭނީ އާ އެކްޓަރުން ކަމަށްވާ ޑޮމިނިކް މެކްލޯލިން، އަލަސްޓެއަރ ސްޓައުޓް އަދި އަރަބެއްލާ ސްޓޭންޓަނެވެ. މި ރޯލު ތަކަށް 32،000 އަށްވުރެ ގިނަ ކުދީން އޯޑިޝަން ދީފައިވާ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

https://www.instagram.com/p/DKKUfgNguto/?igsh=MW1tNHJ3aGM0YWJiNg==

ސީރީޒްގެ ކްރިއޭޓަރ ފްރަންޗެސްކާ ގާޑިނަރ އަދި ފުރަތަމަ ސީޒަންގެ ޑައިރެކްޓަަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތިން އެކްޓަރުންގެ ހުނަރުވެރިކަމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. އެމީހުންގެ ޖާދޫ އެކުގައި ސްކްރީނުން ފެންނާނެ ދުވަހަށް ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމަށެވެ.

މި ސީރީޒް ޝޫޓް ކުރަން ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ ހޫނު މޫސުމުގައެވެ.