އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، ބިދޭސީއެއްގެ އަތުން ފޭރުނު ފައިސާ އިން މުހައްމަދު ޝަމްއާން ވަހީދު، ދެ ސްޓޫޑެންޓް ލޯނަށް ފައިސާ ދައްކާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށްފަހު، ޕީޖީ އޮފީހަށް ފޮނުވުމުން ޕީޖީ އޮފީހުން ވަނީ ޝަމްއާނަށް ތިން ދައުވާއެއްކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި ކޮށްފައިވާ މި ދައުވާތަކުގެ ތެރެއިން މަނީ ލޯންޑްރިންގެ ދައުވާގައި ވަނީ، އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުރެ، މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު 530،000 ރުފިޔާ އާއެކު އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގްލަދޭޝްގެ މައިނުއްދީން އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކުރުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.
އަދި 13 މާރިޗް ގައި އޭނާ ބަންދުން ދޫކުރުމުން އޭނާގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާންގެ ދަށުން މަސައްކަތްކުރާ ގ. ހެޕީސައިޑް/ އިބްރާހީމް އަހުމަދަށް އެންގި ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތަށް އެންގުމާ ގުޅިގެން މައިނުއްދީން އަތުން 500،000 ފުރިޔާ ފޭރުމަށްފަހު، އެ ފައިސާ ޝަމްއާނަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ، އޭނާގެ އަތުގައި ބެހެއްޓުމަށްފަހު ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން އޭނާގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމަށް، ބޭންކް އޮފް މޯލްޑިވްސްގެ އެއް ލޯން އެކައުންޓަށް 149491.46 ރުފިޔާ އަދި އަނެއް ލޯން އެކައުންޓަށް 110345.59 ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި، ޝަމްއާންއަށް ކޮށްފައިވާ ތިން ދައުވާގެ ތެރޭގައި މަނީލޮންޑަރިންގެ ދައުވާގެ އިތުރުން ދެން ހިމެނެނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އިބްރާހިމް ޒަކީ
ރައީސް އޮފީސް
ހޯރަފުށި
ރައްޔިތުންގެ މަޖިލިސް
ހައުސިން މިނިސްޓްރީ