ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓުގައި ފަށައިފިއެވެ.

ހަސީނާގެ ސަރުކާރުގެ އިސްފަރާތްތަކާމެދު ތަހުގީގު ނިންމައި އެ މީހުންގެ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާއިރު ކޯޓުގައި ފުރަތަމަ ފަށާފައިވަނީ އަށް ފުލުހެއްގެ މައްސަލައެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވަނީ 5 އޮގަސްޓް 2024 ގައި ހަސީނާ ގައުމު ދޫކުރައްވައި ފިއްލެވި އިރު، މަގުމަތީގައި މުޒާހަރާ ކުރަމުންދިޔަ ޒުވާނުންތަކަކަށް ހަމަލާދީ މަރާލުމުގެ ކުށުގެ ދައުވާއެވެ.

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ޖުލައިން އޮގަސްޓަށް ކުރަމުންދިޔަ މުޒާހަރާތަކުގައި ބައިވެރިވި 1،400 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އެ މައްސަލަތަކާ ގުޅިގެން ހަސީނާގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ތަހުގީގު ހިންގަން ފަށައިފައެވެ.