އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިންގައި، އެކަކުގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ބުރެވިގަސް މަގުގައި މިއަދު މެންދުރު 1:30 ހާއިރު މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ފުލުހުން ގޮސް ބެލިއިރު އަންހެނެއްގެ ކުރީގެ ފިރިމީހާ އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީ ހިންގައިގެން އުޅޭ ކަމަށާއި އެ މާރާމާރީގައި އާއިލާގެ އިތުރު ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި އެކެއްގެ ބޯ ފެޅި، ދެ މީހުންނަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަަމަށެވެ. އަދި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާރާމާރީ
މާރާމާރީ
މާރާމާރީ
މާރާމާރީ