މިޔުޒިކް ކޮމްޕޯޒަރު ޝަންކަރު މަހާދޭވަން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން "ރުބަރޫ" ނަމަކަށް ކިޔާ އާ ލަވައެއް އުފައްދައިފިއެވެ. މި ލަވަ އުފެއްދި ގޮތް ދައްކާލީ ގޫގުލްގެ އައިއޯ ޑިވެލޮޕަރ ކޮންފަރެންސްގަ އެވެ.
ޝަންކަރު މި ލަވަ އުފެއްދީ ޔޫޓިއުބް އަދި ގޫގުލް ލެބްގެ އެހީގަ އެވެ. މި ލަވައިގައި ސޫފީ މެލޮޑީ އާއި ކޮންޓެމްޕަރަރީ ޓްރެކް އެއްކޮށްލާފައިވެއެވެ.
ޝަންކަރު ބުނާ ގޮތުގައި އޭއައި އަކީ އައިޑިއާ ހޯދުމަށް އެހީވެދޭ އެއްޗެކެވެ. އޭއައި ބޭނުންކުރުމަށް ރަނގަޅު މިޔުޒިޝަނަކަށް ވާން ޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި މިޔުޒިކްގެ ދާއިރާގައި މިހާރުވެސް އޭއައި ބޭނުންކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
ޝަންކަރު މަހާދޭވަން އަކީ ގްރެމީ އެވޯޑް ކާމިޔާބުކޮށްފައިވާ މިޔުޒިކް ކޮމްޕޯޒަރެކެވެ. އޭނާ ބުނާ ގޮތުގައި އޭއައި އަކީ މިޔުޒިކް އުފެއްދުމުގައި އިންސާނުންނަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް އިންސާނުންގެ އިންޓެލިޖެންސް ބޭނުންކޮށްގެން އޭއައި އާއެކު މަސައްކަތްކުރުމުން އާދަޔާ ޚިލާފު ކަންތައްތައް ކުރެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ރިޕޯޓް
ނުކުޅެދުންތެރިކަން ހުންނަ މީހުން
ބޭރު ކުޅިވަރު
ހުޅުމާލެ