ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ށ. އަތޮޅުގެ ދިހަ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ތައާރަފުކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެ މަޝްރޫއުއަކީ ކަސްޓަމަރުންގެ އަސާސީ ބޭންކިން ހިދުމަތްތައް، ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގޭ މުހިންމު މަޝްރޫއެއް ކަމަށެވެ.
"މި މަސައްކަތް މިހާ ހަލުވި ސްޕީޑޭއްގައި ގެންދެވޭކަމީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. މި އަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި އަޅުގަނޑުމެން ސެލްފް ސާވިސް ބޭންކިން ހިދުމަތް ގާއިމުކޮށްފިން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގައި ތިބެގެން ޒަރޫރީ ބޭންކިންގެ ވަސީލަތްތައް ހޯދޭނެ އޭޓީއެމް ގާއިމުކުރުމަށް ބީއެމްއެލް އިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި އަހަރުގެ މިހާތަނަށް އަޅުގަނޑުމެން އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވޭ. މި އަދަދުންވެސް އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މި ހިދުމަތަކީ ކިހާ މުހިންމު ހިދުމަތެއް ކަން ވަރަށް ބޮޑަށް ހާމަވެގެންދޭ." ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް