78 ވަނަ ކޭންސް ފިލްމް ފެސްޓިވަލްގެ އެވޯޑްތައް އިއުލާނުކޮށްފިއެވެ. މި ފެސްޓިވަލްގެ މައި އެވޯޑު ކަމަށްވާ ޕާމް ޑި'އޯރ ލިބުނީ، އީރާންގެ ޑައިރެކްޓަރު ޖައުފަރު ޕަނާހީގެ ފިލްމު "އިޓް ވޮޒް ޖަސްޓް އެން އެކްސިޑެންޓް" އަށެވެ.

ޖައުފަރަކީ ވެނިސް، ކޭންސް އަދި ބަރުލިން ފިލްމް ފެސްޓިވަލްގެ މައި އެވޯޑު ކާމިޔާބު ކުރި ހަތަރުވަނަ ޑައިރެކްޓަރެވެ.

ގްރޭންޑް ޕްރީގެ އެވޯޑު ލިބުނީ ޖޯއަޗިމް ޓްރިއާގެ "ސެންޓިމެންޓަލް ވެލިއު" އަށެވެ. ބެސްޓް އެކްޓްރެސްގެ އެވޯޑު ލިބުނީ ނާދިޔާ މެލިޓީ އަށެވެ. ބެސްޓް އެކްޓަރުގެ އެވޯޑު ލިބުނީ ވާގްނަރ މައުރާ އަށެވެ. ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ލިބިފައިވަނީ ކްލެބަރ މެންޑޮންސާ ފިލްހޯ އަށެވެ.

އިންޑިއާގެ ޑައިރެކްޓަރު ޕާޔަލް ކަޕާޑިއާ މި އަހަރުގެ ޖޫރީގައި ބައިވެރިވެފައިވެއެވެ. ކޭންސް ފިލްމް ފެސްޓިވަލްގެ މައި ޖޫރީގެ ރައީސަކީ ޖުލިއެޓް ބިނޯޝް އެވެ. މި ފެސްޓިވަލްގެ އެވޯޑްތަކަކީ ފިލްމީ ދާއިރާގެ އެންމެ މަގުބޫލު އެވޯޑްތަކުގެ ތެރެއިން އެވޯޑްތަކެކެވެ.