ކާގޯ ބޯޓަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި ކެރަލާ އެލާޓަށް ގެނެސްފިއެވެ.
ލީބިއާއަށް ނިސްބަތްވާ އެ ބޯޓުން ކޮންޓޭނަރުތައް ކަނޑަށް ވެއްޓިފައިވަނީ އިންޑީއާގެ ކޮޗިންގެ ޕޯޓަށް ދަތުރުކުރަމުން ދަނިކޮށެވެ.
އެ ހާދިސާއާ ގުޅިގެން ކެރެލާގެ ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެ ސްޓޭޓުގެ އާންމުން ސަމާލުވެތިބުމަށް އަންގައި އެލާޓް ނެރެފައެވެ. އަދި އެ ސްޓޭޓުގެ އައްސޭރިފަށަށް ލައްގާ އެއްވެސް އެއްޗެއްގައި އަތްނުލުމަށް އާންމުނަށް ވަނީ އަންގައިފައެވެ.
ބޯޓުން ވެއްޓުނު ކޮންޓެއިނަރުތަކުގައި ތެޔޮ ހުރި ކަމަށް އޮފިޝަލުން ބުނާއިރު ބައެއް ކޮންޓެއިނަރުތަކުގައި ހުރި ތަކެތީގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ ކޯސްޓްގާޑުން އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވާ ގޮތުން އެ ބޯޓުގައި 84.4 މެޓްރިކްޓަނުގެ މެރިން ގޭސް އޮއިލްގެ އިތުރުން 367.1 މެޓްރިކްޓަނުގެ ސަލްފާ ފިއުލް އޮއިލް ހުއްޓެވެ.
މުހައްމަދު އައުޒަމް
ބޮޑުތަކުރުފާނު މަގު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުށް