ކުރިން ކޯޗުކަން ކޮށްދިން ލިވަޕޫލްގެ ސަޕޯޓަރުން، ކްލަބު ލެޖެންޑް ޓްރެންޓް އެލެކްސެންޑާ އާނޯލްޑަށް ނުރުހުން ފާޅުކޮށް، "ބޫ" ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ޓީވީ ނިއްވާލަން ޖެހުނު ކަމަށް ޔާގަން ކްލޮޕް ބުނެފިއެވެ.
ލިވަޕޫލްގައި 20 ވަރަކަށް އަހަރު ހޭދަކުރުމަށްފަހު އާނޯލްޑް މިހާރު ހުރީ އެ ކްލަބު ދޫކޮށްލަން ތައްޔާރުވެފައެވެ. އެކަން ރަސްމީކޮށް އިއުލާނު ކުރުމަށްފަހު އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި އާނޯލްޑް ކުޅެން ނުކުތުމުން ސަޕޯޓަރުން ވަނީ އޭނާއަށް ނުރުހުން ފާޅުކޮށްފައެވެ.
އާނޯލްޑް އުމުރުން ހަ އަހަރު ލިވަޕޫލާ ގުޅިފައިވާ އިރު، އޭނާއަށް ސީނިއާ ޓީމުން ޖާގަ ދިނީ ކުރިން އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކްލޮޕެވެ.
"އަހަރެން ބެލިން އެންމެފަހުން އާނޯލްޑް ބަދަލަކަށް ނުކުތް މެޗު. ބޫ ކުރާ އަޑު އިވުމުން، އަހަރެން މުސްކުޅިކަމުން އިވޭ އަޑެއްތޯ ޔަގީންކުރަން ޓީވީ އަޑު ބާރުކޮށްލެވުނު. އަހަރެން ދެން މަޑުކޮށްލިން 10 ވަރަކަށް ސިކުންތު، އެއީ ހަމަ ލިވަޕޫލް ސަޕޯޓަރުން ކުރާ ކަމެއްތޯ ބަލަން. އެކަން އެނގުނު ހިސާބުން ޓީވީ ނިއްވާލިން،" ލިވަޕޫލްގެ ފަންޑް ރެއިޒިން އިވެންޓެއްގައި ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ އެއީ "ލިވަޕޫލް" ނޫން ކަމށާއި، އެއީ ލިވަޕޫލްގެ ގޮތެއްވެސް ނޫން ކަމަށެވެ. އާނޯލްޑް ކްލަބަށް ކޮށްދިން ކަންކަން، ހޯދައިދިން ކާމިޔާބީ ހަނދާން ނައްތާލައި، އެކަމާ ރުޅި ހަދައިގެން ތިބެން ޖެހޭ ބަޔަކު ނުތިބޭނެ ކަމަށްވެސް ކްލޮޕް ބުންޏެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް