މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލައިގެ ތަހުގީގަށް އޭނާގެ ބަޔާން ނެގުމަށް، އޭނާއާ ސުވާލު ކުރުމަށް ރަސްމީކޮށް ފުލުހުން އެދިފައިނުވާ ކަަމަށް ޔުމްނުގެ އާއިލާއިން ބުނެފިއެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރު ޑެޕިޔުޓީ ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީންއަށް މިއަދު ފޮނުވި ސިޓީއެއްގައި، ބަޔާން ނެގުމަށް ރަސްމީކޮށް ފުލުހުން އެދިފައިނުވާ ކަމަށް ޔުމްނުގެ އާއިލާގެ ފަރާތުން ބުނެފައި މިވަނީ، އެކަމަށް ޔުމްނުގެ އާއިލާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ، މެލޭޝިޔާ ފުލުހުންގެ އެހީގައި ބަޔާން ނަގަން ފުލުހުން ނިންމުމާ ގުޅިގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމު އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިއާގައި ތިބި ވާހަކަ މައުލޫމާތަށް ޓަކައި ދަންނަވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައިނުވާކަން ފާހަގަކުރަމެވެ" ފުލުހުން ބުންޏެވެ.
އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރުވެސް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ޓީމުން މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ އުންމީދުގައި ކަމަށް ފުލުހުން ބުންޏެވެ.
"ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ.
ފުލުހުންގެ ވާހަކަތައް ދޮގުކޮށް ޔުމްނުގެ އާއިލާއިން ނަވީންއަށް ފޮނުވި ސިޓީގައި ވަނީ، ފުލުހުންގެ ބަޔާނުގައި ވަނީ ސައްހަ މައުލޫމާތު ނޫން ކަމަށެވެ.
އެއީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފު މައުލޫމާތުތަކެއް ކަމަށާއި މައްސަލައިގެ ތަހުގީގެއް ނުހިންގައި، ޔުމްނު ވެއްޓުނީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނީ ވަކި މަގުސަދެއްގައި ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އަދި، ތަހުގީގުގެ އެންމެ ނާޒުކު ދަނޑިވަޅުގައި ފުލުހުން އަމަލުކޮށްފައިވާގޮތުން އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ނެތް ކަމަށާއި ރާއްޖޭގެ ގާނޫނާއި ގަވާއިދަށް ތަބާވުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަސްއަޅާފައި ނުވާނެ ކަމަށާއި، އަދި ހުރަސް ނާޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކައި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް ފަރާތުން ޖަވާބުދާރީވާނެ ކަން ފާހަގަކޮށް، ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭނާ މިވަގުުތު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން އެނގެން އޮތް ކަމަށްވެސް ބުނެފައިވެއެވެ.
އާއިލާއިން ބުނެފައިވަނީ މިވަގުތު އެންމެ ބޮޑު މަސްލަހަތެއް އޮތީ ޔުމްނުއަށް އެކަށީގެންވާ ފަރުވާ ލިބިދީ، އޭނާ އަށް އިންސާފު ހޯދަން މަސައްކަތް ކުރުމަށް ކަމަށާއި އެކަމުގައި ފުލުހުންނަށް ދޭންޖެހޭ އެއްބާރުލުން ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދޭނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ހއ. ކެލާ
ބޭރު ކުޅިވަރު
ހޮރްމުޒް ކަނޑުއޮޅި