ޕްރޮސިކިއުޓާޖެނެރަލް އޮފީސް (ޕީޖީ އޮފީސް)ގެ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާގައި ހުންނެވި ހ. ދަންވަރުގެއާގެ އަލީ ތިހްނާން ފަޒީން، ވަޒީފާއަށް ނުނިކުތުމަށް އެންގި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ، އަހުލާގީ މިންގަނޑާ ބެހޭ ތުހުމަތުތަކެއްގައި، ވަގުތީގޮތުން އޭނާ މަސައްކަތުން ދުރު ކުރުމަށް މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު، ނިންމާފައިވާތީ، ޕީޖީ އޮފީހަށް ރައްދުވާގޮތަށް އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތިހްނާންގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މި މައްސަަލައިގައި އޭނާ އެދިފައި ވަނީ ޕީޖީ އޮފީހަށް ނުކުތުން މަނާކުރިކަން އެންގި ލިޔުމުގައި ނިންމާފައިވާ ނިންމުމަކީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެދަށުން، މުވައްޒަފުންނާމެދު ވަގުތީގޮތުން ފިޔަވަޅު އެޅުމަށް، އެ އޮފީހަށް ލިބިފައިވާ އިހުތިޔާރުގެ ބޭނުން އެ ގަވައިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ހިލާފަށް ކޮށް، ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުގެ ވެބްސައިޓްގައި އޭނާގެ މައްޗަށް، ފާހަގަކޮށްފައި ވާފަދަ ތުހުމަތެއް، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުރާނަމަ، އެ ކަމަކީ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ އަދި މަސައްކަތަށް ނިކުތުން މަނާ ކުރެވޭނެ ހާލަތެއް ނޫންކަމުގައި ކަނޑައަޅައިދިނުމަށާއި، އޮފީހަށް ނުކުތުން މަނާކުރިކަން އެންގި ލިޔުމުގައިވާ ނިންމުން ބާތިލުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
ނަމަވެސް މި މައްސަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށްބުނެ، ޕީޖީ އޮފީހުގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅިއެވެ.
އެ ނުކުތާއާ ގުޅިގެން ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތާއި ދިން ޖަވާބުތަކުގެ މައްޗަށް ބެލުމަށްފަހު، މިދިޔަ ބުދަ ދުވަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި، މިއީ ޓްރައިބިއުނަލަށް ބަލައިގަނެ، މައްސަލައާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއްކަމަށްް ކަނޑައަޅައި، މި މައްސަލަަ ބެލުމަށް ގާނޫނީ ގޮތުން ޓްރައިބިއުނަލަށް އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ސަބަބަށް ޓަކައި، މިއީ ޓްރައިބިއުނަލަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އިބްރާހިމް ޒަކީ
ހުޅުމާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކުއްލި ޚަބަރު
ރިޕޯޓް