އިމިގްރޭޝަނުން ހުޅުވާލި އޮފިސަރ ޓްރޭނީގެ 50 ވަޒީފާއަށް ކުރިމަތިލުމަށް ވޯކިން އިންޓަވިއުތަކަށް ދިގު ކިއުއެއް ދަމާލައިފި އެވެ.
އިމިގްރޭޝަނަށް 50 އޮފިސަރުން ނެގުމަށް ކުރިއަށްގެންދާ އިންޓަވިއުތައް ފެށީ މިއަދު ހެނދުނު 9:00 އެވެ. އެ އިންޓަވިއުތައް މިއަދު ހަވީރު 5:00 އާއި ހަމަޔަށް ގަލޮޅު ސްކޫލުގައި ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
އިންޓަވިއުއަށް ކުރިޔަށް ދާއިރު ޖޮޕް އެޕްލިކޭޝަން ފޯމާއި އިންޓަވިއުއަށް ދާ މީހުންގެ ސީވީ އަދި އަޑީކާޑުގެ ކޮޕީ ގެންދަން ޖެހެއެވެ. މި ވަޒީފާއަށް ކުރިމަތި ލެވެނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
ފާތިމަތު ލިއުޝާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު