ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެ ދެ އިންތިހާބަކީ އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިހާބު ކަމަށެވެ. އެހެންކަމުން އެ އިންތިހާބުތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރުއްސުރެ ތައްޔާރީތައް ފަށާފައިވާކަމަށެވެ.
އެގޮތުން، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވާއިރު މައިގަނޑު ގޮތެއްގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އެގޮތުން، އިންތިހާބާބެހޭ މަރުކަޒުގެ ގޮތުގައި އިމާރާތެއް ހޯދަން ދިމާވާ ދަތިތައް އޭނާ ފާހަގަ ކުރެއްވިއެވެ.
އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިހާތަަނަށް އެ ކަންތައްތަކަށް ބޭނުންކުރަމުން އައި، ދަރުބާާރުގެ އާއި ކުރީގެ ބާ ޖަމާލުއްދީން މިހާރު ނެތް ކަމެވެ. ހައުސިން މިނިސްޓްރީ ހިންގަމުން އައި އިމާރާތް ރޯވެ އަނދައިގެން ދިއުމާ ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތްތައް ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
އެހެންކަމުން އެ މަސައްކަތަށްް ބޭނުންވާ މުވައްޒަފުންނާއި، މަސައްކަތްތައް ކުޑަކޮށް ހަރަދު ކުޑަ ކުރެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ އިންތިހާބުތަކާއި މި އިންތިހާބާ އަޅައިބަލާއިރު ކުރަން ޖެހޭ މަސައްކަތާއި ޑިޖިޓަލައިޒް ކޮށްގެން ކުރާ މަސައްކަތުގެ ތެރެއިން ހަރަދުގެ ގޮތުން ކުޑަކޮށް ކުރެވޭނީ ކޮން ގޮތަކަށްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަނީ،"
ޒާހިދު ވިދާޅުވީ، އަންނަ އިންތިހާބުގައި ވޯޓު ލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އިބްރާހިމް ޒަކީ
ހުޅުމާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކުއްލި ޚަބަރު
ރިޕޯޓް