މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން 6 އަހަރުގެ މަސައްކަތަކަށްފަހު ލޯ ސްކޫލުން ގްރެޖުއޭޓްވެއްޖެ އެވެ. ކިމް މިކަން އިއުލާނު ކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގަ އެވެ.

ކިމްގެ ގްރެޖުއޭޝަން ހަފުލާ ބޭއްވީ އޭނާގެ އާއިލާ އަދި ރައްޓެހިންނާ އެކުގައެވެ. އެ ހަފުލާގައި ވާހަކަ ދައްކަމުން މި ދަތުރުގައި އޭނާގެ ފޭނުން އެކުގައި ތިބިކަމަށްޓަކައި ކިމް ވަނީ ޝުކުރު އަދާކޮށްފައެވެ. ކިމް ލޯ ކިޔެވުމަށް ނިންމީ އެކްސްގައި ދެއްކި ވީޑިއޯއެއް ބެލުމަށްފަހު ކަމަށް ބުންޏެވެ.

އޭނާގެ މެންޓަރުން ބުނާ ގޮތުގައި ކިމް ހަފުތާއަކު 18 ގަޑިއިރު، އަހަރަކު 48 ހަފުތާ، 6 އަހަރު ވާންދެން މަސައްކަތްކޮށްފައިވެއެވެ. ކިމް މިހާރު ވަނީ މަލްޓިސްޓޭޓް ޕްރޮފެޝަނަލް ރެސްޕޮންސިބިލިޓީ އިމްތިހާނު ހަދައި އެއިންވެސް ފާސްވެފައެވެ. އަދި މިހާރު އަންނަނީ ބާރ އެގްޒާމަށް ތައްޔާރުވަމުން ކަމަށް ވަނީ ބުނެފައެވެ.

ކިމް ލޯ ކިޔެވީ ކެލިފޯނިއާގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ދަށުންނެވެ. އޭނާ ބުނެފައިވަނީ ބޭނުންވަނީ މުޖުތަމައަށް އަދާކުރަން ޖެހޭ ޒިންމާ އަދާކޮށްފައިވާ މީހުންނަށް ޓަކައި މަސައްކަތްކުރަން ކަމަށެވެ. ކިމްގެ މި ކާމިޔާބީއަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔައިފައެވެ.