މުޅި ގާޒާގެ ކޮންޓްރޯލް ނަގައި އިސްރާއީލުގެ ދަށަން ގެންދާނެކަމުގެ އިންޒާރު އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފިއެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ގާޒާގައި ކުރަމުން އަންނަ ހަނގުރާމަ ނިމޭއިރު މުޅި ގާޒާގެ ކޮންޓްރޯލް އޮންނާނީ އިސްރާއީލުގެ ބާރުގެ ދަށުގައި ކަމަށާއި ހަމާސް ވެސް ބަލި ކުރައްވާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިން މަރުހަލާއަކަށް ބަހާލައިގެން އެހީގެ ތަކެތި ގާޒާއަށް އެތެރެ ވެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.
އިސްރާއީލުގެ މިލިޓަރީން ބުނީ އެމެރިކާގެ ކުންފުންޏެއް މެދުވެރިކޮށް ގާޒާއަށް އިންސާނީ އެހީ އާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެކުރަން ރާވާފައިވާ ކަމަށެވެ. އެގޮތުން ގާޒާގެ ވަކި ސަރަހައްދެއް އިސްރާއީލުން ކޮންޓްރޯލްކޮށް އެ ސަރަހައްދުގައި އާންމުންނަށް ރައްކާތެރި ޒޯނެއް ހަދަން ރާވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަތަންޔާހޫގެ ބަޔާނެއްގައި ވިދާޅުވީ ހަނގުރާމަ ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އިސްރާއީލުގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން ގިނަ ޝަރުތުތަކެއް ކުރާނެ ކަމަށެވެ.
އިސްރާއީލުން ޝަރުތުކުރާ ކަންތައްތަކުގެ ތެރޭގައި ހަމާސްއިން ހައްޔަރުކޮށްފައިވާ އަސީރުން ދޫކޮށް ހަމާސް ހަތިޔާރު ބަހައްޓައި މިނިވަންވުމާއި ގާޒާގެ ވެރިކަމުގައި ތިބި ހަމާސްގެ ލީޑަރުން މަގާމުތައް ދޫކޮށް އަމާން ދިނުން ހިނެމެއެވެ.
އިސްރާއީލުން ވަނީ ގާޒާގެ އާންމުންގެ ތެރެއިން އެ ސިޓީ ދޫކޮށް ދާން ބޭނުން މީހުނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު