ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް އިއްޔެ ޖައްސައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މާފަރު އެއާޕޯޓަށް އިއްޔެ ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 މަރުކާގެ ފްލައިޓެކެވެ. މިނިސްޓްރީން ބުނިގޮތުގައި އެ ފްލައިޓް ޖެއްސީ އެ އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެއް ފުރިހަމަ ކުރުމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މިނިސްޓްރީން ނުދެއެވެ.
ގިނަ އަދަދަކަށް މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައްވެސް ޖައްސާ މާފަރު އެއާޕޯޓަކީ، އަބޫ ދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ޑިސެމްބަރު 2019ގައި ހުޅުވި އެއާޕޯޓެކެވެ.
މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެއާޕޯޓް ރަންވޭ އިތުރު 650 މީޓަރަށް ބޮޑުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާ ކުރުމާއި ރަންވޭ ލައިޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުން ހިމެނެއެވެ.
މީގެ އިތުރުން އެ އެއާޕޯޓުގެ މިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ އަލުން އިއުލާނުކޮށްފައެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން އެކަމަށް އިއުލާނުކޮށްފައިވެއެވެ. ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް އޮތް އެ އިއުލާންގެ މުއްދަތު މިދިޔަ މަހު 17 އަށް ވަނީ ހަމަވެފައެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް ނިމުމުން، އެ އެއާޕޯޓުގައި ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭނެ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.
އަލީ ޔާމިން
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓް