ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކައިގެން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ އޮފާ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ވިޔަފާރިތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އެ ފިހާރަތަކުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހިމެނެއެވެ.
ޑިސްކައުންޓް ލިބޭ ފިހާރަތަކާއި އޮފާތަކުގެ މައުލޫމާތު https://offers.merchants.bankofmaldives.com.mv/ އިން ލިބޭނެ އެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް