ހައިދްރަބާދުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 17 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ ދެކުނުން އޮންނަ ހައިދްރަބާދުގައި އިއްޔެ ހިނގި އެހާދިސާގައި އަލިފާން ރޯވެފައިވަނީ މީހުން ދިރިއުޅޭ އިމާރާތެއްގައި ކަމަށާއި އެހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވިކަމަށް ބެލެވެނީ ކަރަންޓު ޝޯޓަކުން ކަމަށް ބެލެވޭ ކަމަށް ހައިދްރަބާދުގެ މިނިސްޓަރާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.
21 މީހުން ދިރިއުޅުނު ތިން ބުރިޔަށް ހަދާފައިވާ އެއިމާރާތުގައި އަލިފާން ރޯވުމާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ވަނީ ފަށައިފައެވެ. ރިޕޯޓުތައް ބުނާގޮތުން މީހުން ސަލާމަތްކުރަން ޓީމުތަކުން އެއިމާރާތަށް ވަތްއިރުވެސް ގިނަ މީހުން ތިބީ ހޭނެތިފައި ކަމަށާއި އެއަވަށުގައި ހުންނަ އެކި ހޮސްޕިޓަލުތަކަށް އެމީހުން ގެންދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން 17 މީހުން މަރުވެފައިވެއެވެ.
އެ ހާދިސާގައި މަރުވި މީހުންނަށް ސަރުކާރުން ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ބޮޑުތަކުރުފާނު މަގު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުށް