ނޭޕާލްގައި ހުންނަ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓަށް އެރި އިންޑިއާ މީހަކު މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 45 އަހަރުގެ ސުބްރަތާ ގޯޝް ނަމަކަށް ކިޔާ އެ މީހާ މަރުވީ ފަރުބަދައިގެ އެންމެ މައްޗަށް އެރުމަށްފަހު ފައިބަނިކޮށެވެ. މައުންޓް އެވަރެސްޓުގެ އުސްމިނުގައި 8،849 މީޓަރު ހުންނައިރު، އެ މީހާ މަރުވީ 50 މީޓަރަށް ފޭބިތަނުންނެވެ.
ފަރުބަދައަށް އެރުމުގެ ހަރަކާތް އިންތިޒާމު ކުރި މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެ މީހާ ފަރުބަދައިގެ އެންމެ މައްޗަށް އެރި އިރުވެސް ހާލު ރަނގަޅެއް ނޫނެވެ. ނަމަވެސް އެ ހާދިސާގެ އިތުރު ތަފުސީލު ލިބޭނީ އޭނާ އާއެކު ފަރުބަދައަށް އެރި ގައިޑުން ފަރުބަދައިން ފޭބުމަށް ކަމަށް ބުނެފައިވެ އެވެ.
މިއީ މި އަހަރު މައުންޓް އެވަރެސްޓަށް އެރި މީހުންގެ ތެރެއިން މަރުވި ދެވަނަ މީހާއެވެ. ފުރަތަމަ މީހާ މަރުވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެއީ ފިލިޕީންސް އަށް ނިސްބަތްވާ މީހެކެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ