އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައާ ގުޅިގެން، މަގާމުން ވަކިކުރަން، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުމާރު ނެތްކަމުގެ މައްސަލައިގައި، މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމަށް ފާހެއްނުވިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 29 ގައި މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅީ، އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ވެއްޓުނު މައްސަލައިގައި ކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ.
އޭގެ ތެރޭގައި އެ މައްސަލައިގައި، އަމީންއާ އާއިލީގޮތުން ގުޅުން އޮތް ބަޔަކު ހިމެނޭ ކަމަށާއި، އެމީހުން ހިމާޔަތް ކުރުމަށް ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ. އިތުބާރު އޮތްކަމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހިމެނެއެވެ.
މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން 47 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީން ވަނީ މެންބަރުންގެ ތުހުމަތުތަކަށް އިންކާރުކޮށް، އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ހިމެނޭ ކަންތައްތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ.
އިބްރާހިމް ޒަކީ
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން