ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހިދުމަތް ތައާރަފުކޮށްފި އެވެ.
ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ފޭން ފެށި އެ ހަތް ރަށަކީ ހެނބަދޫ، ލަންދޫ، ކުޑަފަރީ، މާޅެންދޫ، ޅޮހި، މަގޫދޫ އަދި ފޮއްދޫއެވެ. މިއާއެކު ނޫނު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން މިވަނީ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫއުގެ ދަށުން ނ. އަތޮޅުގެ ހަތް ރަށެއްގައި އޭޓީއެމް ގާއިމުކުރެވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް އެ ލިބުނީ ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.
"މިއީ ހަމައެކަނި ބޭންކަށް ލިބުނު އުފަލެއް ނޫން. މުޅި އަތޮޅަށްވެސް ލިބުނު އުފަލެއް. ބޭންކުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ގާތުން ފޯރުކޮށްދީ، ދިރިއުޅެމުންދާ ރަށުން ދަތުރުކުރަން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް،" ޝަރީފް ވިދާޅުވިއެވެ.
މުހައްމަދު ސިމާއު
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް