ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" އެންތޮލޮޖީގެ ތިންވަނަ ބައިގައި އިންޑިއާގެ މަޝްހޫރު ދެ އެކްޓްރެސުން ކަމަށްވާ ކޮންކޮނާ ސެންޝަރުމާ އަދި ރާދިކާ އަޕްޓޭ ބައިވެރިވާ ކަމަށް އިއުލާނުކޮށްފިއެވެ.
މި ދެ އެކްޓްރެސުން ބައިވެރިވާނީ ވިކްރަމާދިތްޔާ މޮޓްވާނޭ ޑައިރެކްޓްކުރާ ބައިގައެވެ. މިއީ ވިކްރަމާދިތިޔާ "ލަސްޓް ސްޓޯރީޒް" ގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ރާދިކާ ވަނީ 2018 ގެ "ލަސްޓް ސްޓޯރީޒް" ގައި ބައިވެރިވެފައެވެ. ކޮންކޮނާ ވަނީ 2023 ގެ "ލަސްޓް ސްޓޯރީޒް 2" ޑައިރެކްޓްކޮށްފަ އެވެ. އަބިޝެކް ބެނަރުޖީވެސް މި ފިލްމުގައި ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ ޝޫޓިން އަވަހަށް ފެށޭނެ ކަމަށް ބެލެވެއެވެ.
"ލަސްޓް ސްޓޯރީޒް" ގެ ކޮންމެ ބައެއްގައިވެސް ހިމެނެނީ ހަތަރު ވާހަކައެކެވެ. މި ސީރީޒް ފެށުނީ 2018 ގައެވެ. "ލަސްޓް ސްޓޯރީޒް 3" ނެޓްފްލިކްސްގައި ދައްކަން ފަށާނެ ދުވަހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް