އިސްރާއީލުން ގާޒާގެ އުތުރަށް ހަމަލާދީ 50 އަށްވުރެ ގިނަ މީހުން މަރާލައިފިއެވެ.
ފަލަސްތީނުގެ ގާޒާގެ އުތުރުގެ ސަރަހައްދަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ މިލިޓަރީން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 22 ކުޑަކުދީންނާއި 15 އަންހެނުން ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.
އިއްޔެ ދިން އެ ހަމަލާ އަމާޒުވެފައިވަނީ ގާޒާގެ ޖަބަލިއްޔާ ޓައުން އާއި އެ ސަރަހައްދުގައި ހުރި ރެފިއުޖީ ކޭމްޕަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ މިލިޓަރީން ވަނީ އެ ސަރަހައްދަކީ ފަލަސްތީނުގެ ހަނގުރާމަވެރި ގުރޫޕަކުން ރޮކެޓު ހަމަލާ ދިނުމަށް ބޭނުންކުރި ސަރަހައްދެއް ކަމަށާއި އެ ހަމަލާ ދިނުމުގެ ކުރިން އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުވެސް ދީފައިވާނެ ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފައިވާ ގޮތުގައި، އިސްރާއީލުން އިއްޔެ ގާޒާގެ އެކި ތަންތަނަށް ދިން ހަމަލާތަކުގައި 70 އަށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. އެންމެ ގިނައީ ޖަބަލިއްޔާ ސަރަހައްދުން މަރުވި މީހުންނެވެ.
އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސަރުކާރުން ވަނީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ގާޒާއަށް އެހީގެ ތަކެއްޗާއި އެހެނިހެން ސާމާނު އެތެރެވުން ހުއްޓުވައި 18 މާޗުން ފެށިގެން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު